Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

އުސްފަސްގަނޑުގައި އެމްޑީޕީން ކޮންމެ ރެއަކު ހަރަކާތްތައް ބާއްވާނެ: މޫސަ

މީގެ ފަހުން ކޮންމެ ރެޔަކު ވެސް އުސްފަސްގަނޑު ސަރަޙައްދުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އުސްފަސްގަނޑުގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް މިހާރު ކުރިއަށް ގެންދާ އުސްފަސްގަނޑު ގަދަކަމުން އަތުލަން އުޅެފި ނަމަ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.
އަދި ހެދިގޮނޑުދޮށް ސަރަހައްދު މި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް ދީފައިވާއި ރު އުސްފަސްގަނޑުގައި އެމްޑީޕީ އަށް ވެސް ތިބެވެން ޖެހޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އެމްޑީޕީ އަށް މާލޭ ސިޓީ ކައުންސިލުން އުސްފަސްގަނޑު ދޫކުރި ދުވަހުން ފެށިގެން ހައުސިން މިނިސްޓްރީން އަންނަނީ އުސްފަސްގަނޑު ސިޓީ ކައުންސިލްގެ ދަށުން ނެގުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.
އެގޮތުން އުސްފަސްގަނޑު ހޯދުމަށް ހައުސިން މިނިސްޓްރީން ވަނީ މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ވެސް ކޮށްފައެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް އުސް ފަސްގަނޑު ދޫކޮށްފައިވާ މުއްދަތު ހަމަވެފައި ވަނިކޮށް އެ ޕާޓީގެ ޖަލްސާއެއް މިރޭ ވެސް އެ ތަނުގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

އެ ޕާޓީން ބުނީ މިރޭ 9:00 ގައި ބާއްވާ ޖަލްސާގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީން މިހާރު ވަނީ އަންނަ ރިޔާސީ އިންތިޙާބު ނިމުމާއި ހަމައަށް އުސްފަސްގަނޑު ލިބޭނޭ ގޮތް ހައްދަވައި ދެއްވުމަށް ސިޓީ ކައުންސިލްގައި އެދިފަ އެވެ.