Last Updated: August 23, 22:42
Saturday, August 23, 2025
ރިޕޯޓް

ހިދުމަތްތެރިން: ހިމޫ އާއި ވިޔަފާރި ލޯބި!

މިއީ އައްޑޫ ފޭދު އަށް އުފަން ފާޠިމަތު ޙިމާ ވަޙީދު (ހިމޫ) ގެ ވާހަކަ އެވެ.

އޭނަ އަކީ ފިޔަޖަހަމުން އަންނަ ޒުވާން ވިޔަފާރިއެކެވެ. މާކެޓިން ދާއިރާ އިން މެލޭޝިއާ އިން ޑުއެލް މާސްޓާސް ހަދައި އަމިއްލަ ވިޔަފާރިތަކެއް ހިންގަމުން އަންނަ ހިމޫއަކީ ކުޑަކުދީންނާއި ޒުވާނުން އަދި އަލަށް ވިޔަފާރިއެއް ފެށުމަށް ތައްޔާރުވާ ފަރާތްތަކަށް، ވިޔަފާރި ކުރިއަރުވާނެ ގޮތުގެ މަޢުލޫމާތާއި ތަމްރީން ދިނުމަށް އިސްކަން ދެމުން އަންނަ މީހެކެވެ.

އެގޮތުން ސޯޝަލް މީޑިއާ މާކެޓިން އާއި ކޮންޓެންޓް ކްރިއޭޓް ކުރުމާއި ވިޔަފާރި މާކެޓް ކުރުމާއި ބްރޭންޑިނގ އަދި މާކެޓް ވެލިއު ފަދަ ކަންކަމަށް އިސްކަން ދީގެން އަމިއްލަ ވިޔަފާރި ކުރިއަރުވާނެ ގޮތުގެ މަޢުލޫމާތު ހިމޫ އަންނަނީ ފޯރުކޮށް ދެމުންނެވެ.

އެގޮތުން ވިޔަފާރިތައް ކުރިއަރުވަން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޝައުގު ހުރެ، މީހުންނަށް ހިތްވަރުދީ މީހުން ބިނާކުރުމާއި އަނެކާގެ ކުރިއެރުމަށް ހިތްވަރު ހިމޫ އަކީ ދެމުން އަންނަ ހުނަރުވެރި ކުޅަދާނަ ޒުވާނެކެވެ.

އޭނަގެ އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން "ކަޅުދެލި" ނަމުގައި ކްރިއޭޓިވް އާޓސްގެ ތަފާތު އުފެއްދުންތައް އުފެއްދުމާއި ތަފާތު އެހެން ދެ ވިޔަފާރިއެއް އަންނަނީ ހިމްގަމުންނެވެ. އެއީ "ޓުކްޓުކް ސްޓްރީޓް" އާއި އެ ތެލި (ގޮޝްޓް ކިޗެން) އެވެ. އެ ދެ ވިޔަފާރި އަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އަދި ހުރިހާ އެންމެންނަށް ވެސް ކަމުދާނެހެން ޑިޒައިން ކުރެވި ފަރުމާ ކުރެވިފައިވާ ހުނަރުވެރި ދެ މަސައްކަތެވެ.

ހިމޫގެ މި ކްރިއޭޓިވް އައިޑިއާ އާއި މަސައްކަތް ފެނުމުން ވެސް ހިމޫގެ ހުނަރުވެރިކަން ތަޖުރިބާކޮށްލެވޭނެ އެވެ.

ހިމޫ އަކީ ހުރިހާ ޢުމުރެއްގެ މީހުންނަށް ވެސް އިޙްތިރާމާއެކު މުޢާމަލާތް ކުރައްވާ އަދި އޭނަ އަށް އެނގިފައިވާ ޢިލްމު ފޯރުކޮށް ދިނުމަށް ޝައުގުވެރިކަން ބަހައްޓާ މީހެކެވެ.

އާއިލާއާ އެކީ މާލޭގައި ދިރިއުޅެމުން އަންނަ ހިމޫ އަކީ އައްޑޫ ފަޚުރުވެރިވާ ފަދަ އުޖާލާ ކުރިމަގެއް އޮތް ހިންގުންތެރި ފަޚުރުވެރި ޒުވާން ކަނބަލެކެވެ. އޭނަ އަކީ ގަމުގެ އީކްއޭޓަ ވިލެޖްގެ މެނޭޖަރު މުހައްމަދު ވަހީދުގެ ދަރިއެކެވެ.

މައުލޫމާތު: 'ހިދުމަތްތެރިން' ފޭސްބުކް ޕޭޖް