Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

އުކުޅަހަށް ވެސް ޑޮލަރު އޭޓީއެމެއް

އއ. އުކުޅަހުގައި ވެސް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމެއް ބަހައްޓައި ހިދުމަތް ފަށައިފި އެވެ.

މިކަން އިފުތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ވަޑައިގެންނެވެ.

އުކުޅަހު ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމުގެ އިތުރުން ބީއެމްއެލްގެ ބްރާންޗް ވެސް މިއަދު ހުޅުވާފައިވެ އެވެ. އެ ރަސްމިއްޔާތުގައި ބޭންކްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުކުޅަހުގައި ހުޅުވީ ބީއެމްއެލް އިސްލާމިކް ބާރާންޗެކެވެ.

އުކުޅަހު ޑޮލަރު އޭޓީއެމަކީ ބީއެމްއެލް އިން މާލެއިން ބޭރުގައި ހުޅުވި މިފަދަ 5 ވަނަ އޭޓީއެމެވެ. ޑޮލަރު އޭޓީއެމް ބަހައްޓާފައި ވަނީ ކ. މާފުއްޓާއި އައްޑޫ ހިތަދު އާއި ކުޅުދުއްފުށީގެ އިތުރުން އިއްޔެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށި ތޮއްޑޫ އެވެ.