Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އއ. އަތޮޅު ދަތުރަށް ފަހު ރައީސް މާލެ އަށް

އއ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފި އެވެ.

އެ މަނިކުފާނު އެ އަތޮޅަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެގޮތުން ފުރަތަމަ ވަޑައިގަތް ރަށަކީ ހިމަންދު އެވެ. އަދި މިއަދު އެންމެ ފަހުން ވަޑައިގަތް ރަށަކީ މާޅޮހެވެ.

އއ. އަތޮޅަށް ކުރެއްވި ދަތުރުގައި ރައީސް ޖުމްލަ 8 ރަށަކަށް ޒިޔާތްކުރެއްވި އެވެ.

އެގޮތުން ރަށްރަށުގައި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމާއި އާ މަޝްރޫއުތައް ފެއްޓެވުމާއި ބައެއް ހިދުމަތްތައް އިފުތިތާހު ވެސް ކޮށްފި އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކާއި ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވި އެވެ.