Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

ހިންމަފުށިން ބިން ހިއްކާނެ ބަޔަކު ހޯދަނީ

ކ. ހިންމަފުށީ ފަޅުން ބިން ހިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަށުގެ ތަރައްގީހެ ޕްލޭންގައި ހިމެނޭ ޕިކްނިކް އައިލެންޑެއް ހެދުމަށާއި، އިންޑަސްޓްރިއަލް ބަނދަރަކާއި ލޯކަލް އޮޑިދޯނިފަހަރު އެހެލެވޭ ގޮތަށް ސްލިޕްވޭ/ޔާޑެއްގެ އިތުރުން ރަށުގެ ރައްޔިތުންނަށް ކޮށް ދޭނެ ކަންތައްތަކެއް ހިމެނޭ ގޮތަށް އަމިއްލަ ޚަރަދުގައި ހިންމަފުށި ފަޅުތެރެއިން މަދުވެގެން 10 ނުވަތަ ގިނަވެގެން 14 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންވެ ބިން ބޭނުން ކުރާނެ ގޮތުގެ ތަފްޞީލް ބަޔާންކޮށް ޝައުގުވެރވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 1 އަށް ހުޅުވާލާފައިާ ކަމަށް ހިންމަފުށީ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތަކާ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ހިންމަފުށިން ކުރިން ވެސް ބިން ހިއްކާފައިވެ އެވެ.