Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

ޝަމީ އަލުން އާރްޑީސީގެ ޗެއާމަނަކަށް

މުހައްމަދު ޝަމީ އާދަމް އަނެއްކާ ވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޗެއާމަނަކަށް އައްޔަންކޮށްފި އެވެ.

އެކަމާ ގުޅިގެން އެ ކުންފުނިން އޭނަ އަށް މިއަދު މަރުހަބާ ވެސް ކިޔާފައިވެ އެވެ.

ޝަމީ ކުރިން އާރްޑީސީގެ ޗެއާމަންކަން ކުރީ މިދިޔަ އަހަރުގެ ޖެނުއަރީން މި އަހަރުގެ އެޕްރީލަށެވެ. އޭނަ އަކީ ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރި ވެސް ކުރައްވާ ބޭފުޅެކެވެ. އެގޮތުން ޝަމީ އަކީ ސްޓެލިއަން މޯލްޑިވްސް ގްރޫޕްގެ ޗެއާމަނެވެ.

އާރްޑީސީގެ ޗެއާމަނަކަށް ޝަމީ އަލުން އައްޔަންކުރި އިރު، އެ ކުންފުނީގެ ބޯޑަށް މިދިޔަ މަހުގެ ތެރޭގައި ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން ކުރިން މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީއަކަށް އަދި އާރްޑީސީ ޑީއެމްޑީއަކަށް ހުންނެވި އަލީ ނަސީރު އެޗްޑީސީގެ ޑީއެމްޑީއަކަށް ބަދަލުކޮށްފައިވެ އެވެ.

މި ބަދަލާ އެކު އާރްޑީސީގެ އެމްޑީއަކަށް އައްޔަންކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމެވެ.