އއ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
އެ އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ދޭނީ ރަސްދޫންނެވެ.
ރަސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށި އިރު، އެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން މިދިޔަ ނޮވެމްބަރު މަހުގެ ފަހުން މިހާތަނަށް 13 އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ތައާރަފުކޮށްފައިވެ އެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ އަމާޒެކެވެ.