Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

174،000 ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ 'އޮޕަރޭޝަން ކުރަނގީ' ގެ ދަށުން މިހާތަނަށް 174،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 174،152 ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކް ޑޭޓާ ނަގާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ކުރިއަށް ގެންދާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ އެންމެ މައިގަނޑު މަސައްކަތެވެ.

އެގޮތުން "އޮޕަރޭޝަން ކުރަނގި" ފެށީ މިދިޔަ އަހަރުގެ މެއި 3 ގަ އެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެންނެވެ.

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ބިދޭސީން ރާޢްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.