މީހުން ދިރިއުޅޭ 20 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ބޭނުންވާތީ، އެ ވަޒީފާތަކަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެއިން ވަޒީފާއަކަށް ކުރިމަތިލުމަށް ޝައުގުވެރިވެ، ޝަރުތު ހަމަވާ މީހުން ފޯމު ހުށަހަޅަން ހުޅުވާލީ މި 28 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އެ މަގާމުތަކަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހެނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
މެޖިސްޓްރޭޓުންނަށް އަސާސީ މުސާރައިގެ ގޮތުގައި 26،350ރ. ލިވިން އެލަވެންސްގެ ގޮތުގައި 12،000ރ. އަދި ރިސްކް އެލަވެންސްގެ ގޮތުގައި 1،650ރ. ލިބޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވެންސް އަދި މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.
މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ރަށްރަށް
1- ހއ.ކެލާ މެޖިސްޓްރޭޓް ކޯޓު
2- ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓު
3- ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
4- ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓު
5- ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓު
6- ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓު
7- ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓު
8- ނ.މާފަރު މެޖިސްޓްރޭޓް ކޯޓު
9- ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓު
10- އއ.އުކުޅަސް މެޖިސްޓްރޭޓް ކޯޓު
11- އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓު
12- ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
13- ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓު
14- ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު
15- ލ.ގަން މެޖިސްޓްރޭޓް ކޯޓު
16- ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓު
17- ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު
18- ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު
19- ގއ.ދެއްވަދޫ މެޖިސްޓްރޭޓް ކޯޓު
20- ގދ.ފިޔޯރީ މެޖިސްޓްރޭޓް ކޯޓު