Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

ގައުމީ ޓީމުގެ ކޯޗަކަށް މޯހަން

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގެ ކޯޗަކަށް މޯހަން ހަމަޖެއްސީ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގަ އެވެ. މޯހަން ހަމަޖެއްސީ އަންނަ މަހު ސްރީލަންކާގައި އެ ގައުމާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށާއި އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗުތަކަށެވެ.

މޯހަން މީގެކުރިން ވަނީ ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. މޯހަން ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މީގެކުރިން މަސައްކަތްކޮށްފަ އެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ މޯހަން އަކީ ދިވެހި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ.