Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

ކުޅުދުފުއްފުށީ ހޮސްޕިޓަލްގެ ޓާޝަރީ ޑިޒައިން ހަވާލުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ އެ މަޝްރޫއު ހަވާލުކުރީ ޗާޓާ އިންޖިނީއަރިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޑިރެކްޓަރު އަބްދުލް އަޒީޒު ހަސެނެވެ. މިނިސްޓްރީގެ ގެފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙުމަދު ހަމްދާން ނާސިރެވެ.

އިމާރާތުގެ ޑިޒައިން ޗާޓާއާ ހަވާލުކުރީ 100 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 917،484ރ. އަށެވެ.