Last Updated: May 20, 20:54
Monday, May 20, 2024
ޚަބަރު

ޝަރަފުއްދީން ސްކޫލަށް މެރިން ސައިންސް އެވޯޑް ލިބިއްޖެ!

މިދިޔަ އަހަރުގެ ކެމްބްރިޖް އިންތިހާނުގައި މެރިން ސައިންސް މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައިވާތީ ޝަރަފުއްދީން ސްކޫލަށް އެވޯޑް ދީފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފުރަތަމަ ފަހަރަށް އެއްކޮށް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ޝަރަފުއްދީން ސްކޫލަށް އެވޯޑް ހަވާލުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއެވެ.

ސްކޫލްގެ ފަރާތުން އެވޯޑާއި ހަވާލުވެލެއްވީ ސްކޫލްގެ ޕްރިންސިޕަލް ޑރ. އަދީލް ނަސީރެވެ.

ރޭގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅޭ އެކި ދާއިރާތަކަށް އެވޯޑު ދިނުން އޮތެވެ. އެގޮތުން ގިނަ ޕްރޮގްރާމްތައް ފޮނުވައި މީހުން ހޭލުންތެރި ކުރުމަށް ދިވެހި ރާއްޖޭގެ އަޑުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އަޑަށް ވެސް ވަނީ އެވޯޑް ދީފައެވެ.

އަދި ދިވެހި ކަނޑުތައް ބެލެހެއްޓުމުގައި ދިފާއީ ބާރުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެމްއެންޑީއެފްއަށް ވެސް އެވޯޑު ދިނެވެ.

މީގެ އިތުރުން އިނާމް ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުން މި އަހަރުގެ އޮގަސްޓް 31ގެ ނިޔަލަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާތީ މިފްކޯ އަށް ވެސް ވަނީ އެވޯޑް ދީފައެވެ.