Last Updated: July 9, 18:19
Thursday, July 9, 2026
ކުޅިވަރު

ކޭންގެ ހެޓްރިކުން ބަޔާނަށް ވަރުގަދަ ފެށުމެއް

ޖަރުމަނު ލީގުގެ އާ ސީޒަނުގައި ބަޔާން މިއުނިކުން ކުޅުނު ފުރަތަމަ މެޗުގައި ހެރީ ކޭންގެ ހެޓްރިކާ އެކު، 6-0 އިން އާރްބީ ލައިޕްޒިގު ބަލިކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 27 ވަނަ މިނެޓްގައި މައިކަލް އޮލީސޭ ވަނީ ބަޔާނަށް ލީޑު ނަގައިދީފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ލުއިސް ޑިއާޒް ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮލީސޭ ވަނީ ބަޔާންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެ ވަނަ ހާފުގައި ބަޔާންގެ ތިން ގޯލު ޖެހިއިރު، މި ތިން ގޯލުވެސް ކާމިޔާބުކޮށްދީ ކޭން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ޖަރުމަނު ލީގުގައި ކުޅުނު 64 މެޗުގައި 65 ގޯލު ކާމިޔާބުކޮށްދީފައިވާ އިރު، އޭގެތެރޭގައި 8 ހެޓްރިކް ވެސް ހިމެނެ އެވެ.

ބަޔާނަކީ ޖަރުމަނު ލީގުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ.