ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ފަސް ލެޕްޓޮޕް ވަގަށް ނެގި މީހަކު ނުވަ މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހުކުމް މިދިޔަ ބުރާސްފަތި ދުވަހު އިއްވީ ތ. ގާދިއްފުށީ މިރިޔާސްގޭ އިއްވީ ހަސަން ޝަކީބްގެ މައްޗަށެޗެ.
އޭނަގެމައްޗަށް އިއްވި ހުކުމުގެ ހުލާސާގައިވާ ގޮތުން ޝަކީބު ލެޕްޓޮޕް ވަގަށް ނެގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވޮލޮޕްމަންޓް އޮފީހުންނެވެ. އަދި އެ ތަކެތި ޝަކީބް ވަނީ މީހަކަށް އެންމެ 1،700ރ. އަށް ވިއްކާލައިފަ އެވެ.
އެ މައްސަލައިގައި އޭނަގެ މައްޗަށް ކުރި ދައުވާގެ ދަށުން އެއް އަހަރާ ހަތް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކުރެވެން އޮތް ނަމަވެސް ކުށްތަކަށް އިއުތިރާފްވެފައިވާތީ އަދަބު ލުއިކޮށް އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.