ރާއްޖޭހައި ބާއްވާ ބައިނަލްއަގުވާމީ ޒަކާތުގެ ދެވަނަ މަހާސިންތާ މިއަދު ފަށައިފި އެވެ.
ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ބާއްވާ މި މަހާސިންތާ ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގަ އެވެ.
ޒަކާތުގެ ދެވަނަ މަހާސިންތާ ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮ ށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަސިޓީގެ އެސޯސިއޭޓް ޑީން ފޮ ސްޓޫޑެންޓްސް އެންޑް އިންޓަނޭޝަނަލައިޒޭޝަން ޑރ. ޢާއިޝަތު މުނީޒާ އެވެ.
ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ. މީގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވެ އެވެ.
މި މަހާސިންތާގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފަ އިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ-އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މި މަހާސިންތާގައި މަޝްވަރާ ކުރާނެ އެވެ.
މަހާސިންތާއި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި މެލޭޝިއާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެ އެވެ. އެގޮތުން ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަނެ އެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ ޒަކާތުގެ ފުރަތަމަ މަހާސިންތާ ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
ރާއްޖޭގައި ޒަކާތު ހައުސް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 2 ގަ އެވެ.