މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން އިންތިޒާމުކޮށްގެން ރޭ ދިން ފިލްމު އެވޯޑްސްގައި ޑާކް ރެއިން އެންޓަޓައިންމަޓަށް އެންމެ މޮޅު ފިލްމުުގެ އެވޯޑާ އެކު ޖުމްލަ 15 އެވޯޑް ލިބިއްޖެ އެވެ.
ގިޔާސުއްދީން ސްކޫލްގައި ބޭއްވި ކުލަގަދަ އެވޯޑް ހަފުލާގައި އެންމެ މޮޅު ފިލްމަކަށް ހޮވުނީ ޑާކް ރެއިނުން 2019 ގައި ގެނެސްދިން ކްރައިމް ޑްރާމާ "ގޮށްރާޅު" އެވެ.
އެ ފިލްމުން އުފުލާލި އިތުރު އެވޯޑްތަކުގެ ތެރޭގައި އަހުމަދު ޝިނާނަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި ޖުމައްޔިލް ނިމާލަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި "ގޮށްރާޅު" ގައި ހަސަން އިރުފާން (ޒަކިއްޓެ) ކުޅުނު ރޯލަށް ލިބުނު އެންމެ މޮޅު ވިލަންގެ އެވޯޑާއި އެންމެ މޮޅު އާ ފިރިހެން ފަންނާނުގެ އެވޯޑާއި އިސްމާއީލް ޖުމައިހް އަށް ލިބުނު އެންމެ މޮޅު އެފްއެސް މޭކަޕް އެވޯޑްގެ އިތުރުން އައިޝަތު ތަސްލީމާ އަށް ލިބުނު އެންމެ މޮޅު އާ ބަތަލާގެ އެވޯޑް ހިމެނެ އެވެ.
މޮޅު އާ ބަތަލާއިންގެ އެވޯޑް ދެ ފަންނާނަކަށް ދީފައިވެ އެވެ.
އެމްއެސްޕީއޭ އެވޯޑްސް ބޭއްވީ 2019-2023 އަށް ރިލީޒްކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ.
އެވޯޑްސްގެ އިތުރު އުސްއަލިތައް:
* އެންމެ މޮޅު ބަތަލާ: ނިއުމާ މުހައްމަދު (ނިވައިރޯޅި)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: ވާޝިއާ މުހައްމަދު (ހެހެސް)
* އެންމެ މޮޅު ސަޕޯޓިން ބަތަލު: ޔޫސުފް ޝަފީއު (ދައުވަތު)
* އެންމެ މޮޅު ޗައިލްޑް އާޓިސްޓް: ޔާލާ ޝިފާއު (ވަކިން ލޯބިން)
* އެންމެ މޮޅު ފިރިހެން ލަވަކިޔުންޔެރިޔާ: މުހައްމަދު ޝައްމޫން (ފިލްމު "ނޮވެމްބާ" ގެ "ލަފުޒު" ލަވައިން)
* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: މަރިޔަމް އަޝްފާ ("ނޮވެމްބާ" ގެ 'މޫސުން' ލަވައިން)
* އެންމެ މޮޅު އާ އަންހެން ބަތަލާ: އަޝްފާ (ބީވީމާ)
* އެންމެ މޮޅު ގްލެމާ މޭކަޕް: ސޭންޑީ (މާމުއި)
* އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (މާމުއި)
* އެންމެ މޮޅު އޮރިޖިނަލް ލަވަ: ("ނޮވެމްބާ" ގެ 'މޫސުން')
* އެންމެ މޮޅު ބެކް ސްކޯ: މުހައްމަދު އިކްރާމް (ވަކިން ލޯބިން)
* ޗިޅިޔާ މޫސާ މަނިކު ލައިފްޓައިމް އެޗީވްމަންޓް އެވޯޑް: ކުރީގެ ބަތަލާ އައިޝަތު ޝިރާނީ
* ޗިޅިޔާ މޫސާ މަނިކު ލައިފްޓައިމް އެޗީވްމަންޓް އެވޯޑް: ކުރީގެ އެކްޓަރު ޖަމްބު ހަސަން އަފީފު
އެމްއެސްޕީއޭގެ އެވޯޑްސް އަށް ޖުމްލަ 19 ފިލްމެއް ވާދަކުރި އެވެ.