Last Updated: August 25, 23:00
Monday, August 25, 2025
ޚަބަރު

މާލޭ މަސް މާރުކޭޓާ ގުޅޭ މައްސަލަ އޭސީސީ އަށް

މާލޭގެ މަސް މާރުކޭޓް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ހެދި ދެ އެއްބަސްވުމަކާ ގުޅޭ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެކަން ހުށަހެޅުއްވީގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހެވެ.

މަސް މާރުކޭޓް ތަރައްގީ ކުރަން ހެދި އެއްބަސްވުންތަކާ ގުޅޭ މައްސަލަތަކެއް އޭސީސީ އަށް ހުށަހެޅީ މާލޭގެ މޭޔަރަކަށް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު 6.1 މިލިއަން ޑޮލަރަށް ހަވާލުކޮށްފައި ވަނިކޮށް، މުއިއްޒު ވެރިކަމަށް ހޮވވަޑައިގަތް ދަނޑިވަޅުގައި އެ މަޝްރޫއަށް 3.5 މިލިއަން ޑޮލަރު އިތުރުކޮށް ޖުމްލަ 9.5 މިލިއަން ޑޮލަރަށް އެހެން ބަޔަކާ މަޝްރޫއު ހަވާލުކުރި މައްސަލައިގަ އެވެ.

ކައުންސިލްގެ ފަރާތުން މަސްމާރުކޭޓުގެ އައު އެއްބަސްވުމުގައި ސޮއިކުރައްވާފައި ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމެވެ. އެކަމަކު އެ އެއްބަސްވުމުގައި ސޮއިކުރާން ޖެހުނު ސަބަބާއި، އަގަށް 3.5 މިލިޔަން ޑޮލަރު އިތުރުވީ ގޮތް އޭނާ ސާފުކޮށްދީފައި ނުވާ ކަމަށް ކަމަށް ސައިފް ފާހަގަކޮށްފައިވެ އެވެ.

އަދި މި މަހުހެ 27، ގައި އޮންނަ މާލޭ ސިޓީގެ ކައުންސިލް ރަސްމީ ޖަލްސާއަށް ނަސީރު ހާޒިރުކޮށް، އޭނަ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްދެއްވުމަށް ސައިފް ވަނީ އެދިފައިވެ އެވެ. ނަސީރަކީ މިހާރު ޕޮލިސް ބޯޑްގެ ވެސް މެންބަރެކެވެ.

މަސް މާރުކޭޓުގެ ފުރަތަމަ އެއްބަސްވުމާއި ދެވަނަ އެއްބަސްވުމުގައި ހުރި ތަފާތުތައް މޭޔަރުގެ ފަރާތްޕުޅުން ތަފުސީލީ ރިޕޯޓެއް ވެސް ކައުންސިލް ޖަލްސާއަށް ހުށަހަޅައި ދިނުމަށް ސައިފް އެދިފައިވެ އެވެ.