Last Updated: July 24, 17:57
Friday, July 24, 2026
ޚަބަރު

ގައުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ

މާދަމާ ފާހަގަކުރާ މި އަހަރުގެ އުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހިނގާލަން ފަށާނީ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުން ކަމަށާއި ހިނގާލުން ނިންނައިލާނީ ކަޅުތުއްކަލާ ކޮއްޓަށް ކަމަށެވެ.

އެމްއެންޑީއެފްގެ ޝަރަފުގެ މި ހިނގާލުން ހަތަރު ސަރަހައްދަކަށް ހުއްޓާނެ އެވެ. އެއީ ސޯސަންމަގު ދިވެހި ބަހުގެ އެކެޑަމީ ކުރިމައްޗަށާއި، މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅި އާއި މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗަށެވެ.