Last Updated: August 25, 23:00
Monday, August 25, 2025
މުނިފޫހިފިލުވުން

'ހައިވާން' ގެ ޝޫޓިން ފަށައިފި

"ހައިވާން" ޝޫޓިންގެ ތެރެއިން.

ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރު އެކީގައި ކުޅޭ އާ ފިލްމު 'ހައިވާން' ގެ ޝޫޓިން މިއަދު ފަށައިފި އެވެ.

އަކްޝޭ ވަނީ ފިލްމުން ސެޓުން ނަގާފައިވާ ވީޑިއޯއެެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ޕޯސްޓްގައި އޭނަ ބުނީ 18 އަހަރުން އަނެއްކާ ވެސް ސައިފާ އެކީ ފިލްމެއްގެ މަސައްކަތް ކުރެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ.

އެ ދެ ތަރިން އެންމެ ފަހުން އެކީގައި ކުުނު ފިލްމަކީ 2008 ގެ 'ތަޝަން' އެވެ. ސައިފާއި އަކްޝޭ އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 'ޔޭ ދިއްލަގީ' އާއި 'މޭ ކިލާޅީ ތޫ އަނާޅީ' ވެސް ހިމެނެ އެވެ.

"ހައިވާން" އަކީ ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ ތުރިލާއެކެވެ. މީގައި ސައިފް ލޯފަން ކެރެކްޓާއެއް ކުޅޭ އިރި، އަކްޝޭގެ ރޯލަކީ ފިލްމުގެ ވިލަންގެ ރޯލެވެ. ރިޕޯޓްތައް ބުނާ ގޮތުން 'ހައިވާން' އަކީ ޕްރިދަރްޝަން 2016 ގައި މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލުއާ އެކު ގެނެސްދިން އެކްޝަން ތުރިލާ 'އޮއްޕަމް' ގެ ރިމޭކެކެވެ.

"ހައިވާން" ޕްރިޔަދަރްޝަނާ އެކު އޭނަ މަސައްކަތް ކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ.

އަކްޝޭ މިގެ ކުރިން ވެސް ކުޅަދާނަ ޑައިރެކްޓަރާ އެކު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ އަންނަ އަހަރުގެ އެޕްރިީލްގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ހޮރޯ-ކޮމެޑީ 'ބޫތު ބަނގްލާ' އެވެ. އަކްޝޭ ކުޅުނު ޕްރިޔަދަރްޝަންގެ ފިލްމުތަކުގެ ތެރޭގައި 'ގަރަމް މަސާލާ' އާއި 'ބޫލް ބުލައްޔާ' އަދި 'ބާގަމް ބާގް' ހިމެނެ އެވެ.