Last Updated: August 25, 23:00
Monday, August 25, 2025
ޚަބަރު

މި ފަހަރު ވަގަށް ނެގީ ޗޮކްލެޓެއް

ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މީހަކު ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. ބެރުގޭ، މުހައްމަދު ނަވީން، 44، އެވެ.

ޗޮކްލެޓް ވަގަށް ނެގި މައްސަލައިގައި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

ނަވީން އަކީ އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބިދޭސީން އުޅޭ ގެޔަކަށް ވަދެ އެ ގޭގައި އުޅޭ ބަންގްލަދޭޝް މީހެއްގެ އަތުން ފޯނާއި 9،000ރ. ފޭރުނު މައްސަލައެއްގައި ވެސް ހައްޔަރުކުރި މީހެކެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ވެސް އެފަދަ މައްސަލައެއްގައި އޭނަ ހައްޔަރުކޮށްފައިވާ އިރު، ސައިކަލެއް ވަގަށް ނެގި މައްސަލައެެއްގައި 2023 ގައި ވެސް ނަވީން ހައްޔަރުކުރި އެވެ.