Last Updated: July 9, 15:05
Thursday, July 9, 2026
ކުޅިވަރު

ބާސާ ފަހަތުން އަރައި މޮޅުވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި ބާސެލޯނާ އިން 3-2 އިން ލެވާންޓޭ އަތުން މޮޅުވެއްޖެ އެވެ.

މި މެޗުގެ ފުރަތަމަ ހާފު ލެވާންޓޭ އިން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓްގައި ލެވާންޓޭގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އިވާން ރޮމޭރޯ އެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލެވާންޓޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ހޯޒޭ ލުއިސް މޮރާލޭސް އެވެ.

މި މެޗުގައި ބާސާއިން ކާމިޔާބުކުރި ފުރަތަމަ ގޯލު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޕެޑްރީ އެވެ. މިއީ ލެވާންޓޭގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ޕެޑްރީ ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 52 ވަނަ މިނެޓްގައި ފެރަން ޓޮރޭސް ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ބާސާއިން ދެވަނަ ހާފުގައި ގިނަ ބަދަލުތަކެއް ގެނެސްގެން މެޗުން މޮޅުވާން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސާއިން ތިންވަނަ ގޯލު ކާމިޔާބުކޮށް ވަނީ ލީޑު ނަގައިފަ އެވެ. މިއީ ލެވާންޓޭގެ އުނާއި އެލްގެޒަބަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބާސާއިން ވަނީ މަޔޯކާގެ މައްޗަށް 3-0 އިން ކުރި ހޯދައިފަ އެވެ. ބާސާ ދެން ބައްދަލުކުރާނީ ރަޔޯ ވަޔެކާނޯއާ އެވެ.