Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގައިގެން އެމްްއެންޑީއެފުން ހަރަކާތްތެރި ވާން ފަށައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މ. އަފްޒާގެ ހަ ވަނަ ބުރީގަ އެވެ. އެ އެޕާޓްމަންޓްގައި ރޯވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ އެޕާޓްމަންޓްގައި ރޯވީ ބެލްކަނީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެގެން ކަމަށެވެ. އަދި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއިން މިހާރު ވަނީ ނިއްވާލައިފަ އެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ލިބުނީ މިއަދު 07:43 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލެވުނީ 07:59 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީން ވެސް އެކަން ބަލަމުން އަންނަ ކަމަށެވެ.