މ. އަފްޒާގެ ހަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި މިއަދު ރޯވި ހާދިސާއާ ގުޅިގެން، އެތަނުގައި ދިރިއުޅެމުން އައި މީހާ އަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓިން ބުނީ އެޕާޓްމަންޓްގައި ރޯވުމުގެ ސަބަބުން ދުމާއި، އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން އެޕާޓްމަންޓްގައި ދިރިއުޅޭ މީހާ އަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނީ ފަސް ދުވަހަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެޕާޓްމަންޓްގައި ރޯވީ ބެލްކަނީގައި ހުރި އޭސީ އައުޓްޑޯ ޔުނިޓްގައި ރޯވެގެންނެވެ. އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ލިބުނީ ހެނދުނު 07:43 ހާއިރު އެވެ.