Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

އުތީމުގައި އިސްރަށްވެހިންގެ މައިޒާނެއް ހުޅުވައިފި

ހއ. އުތީމުގައި އިސްރަށްވެހިންގެ މައިޒާނެއް ހުޅުވައިފި އެވެ.

އެތަން މިއަދު ހުޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުތީމަށް ކުރެއްވި ދަތުރުގަ އެވެ.

"އޮނުހިޔާ" ގެ ނަމުގައި ހުޅުވި މައިޒާންގެ އިތުރުން ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝަރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމުގެ ގޮތުން ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ ވެސް މިއަދު އަޅާފައިވެ އެވެ.

ބިންގާ އަޅުއްވައި ދެއްވީ ހެރިޓޭޖް މިނިސްޓަރުރު އާދަމް ނަޞީރު އިބްރާހީމެވެ.

ބޮޑުތަކުރުފާނު ދޮރާށި ފަރުމާކޮށްފައި ވަނީ، ކަޅުއޮތްފުންމީގެ ހަ ބަޠަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒްކޮށްދޭ ގޮތަށެވެ.