Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ގައުމީ އިނާމު އުރީދު އަށް

ވިޔަފާރި އާއި އިގުތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުއްވި އިނާމާ ހަވާލުވެވަޑައިގަތީ އުރީދޫގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޙަމާދީ އެވެ.

އުރީދޫ މޯލްޑިވްސް އަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މުއާސަލާތީ ދާއިރާ އަށް އީޖާދީ ބަދަލުތަކެއް ގެންނަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުންޏަށް މިއަދު ދިން އިނާމަކީ އެ ދާއިރާ އިން ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ދިން އިނާމެކެވެ.

ވަތަނިއްޔާގެ ނަމުގައި އުފެދުނު އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެއް ވިއުގައަކުން ގުޅާލައި އެންމެ ޒަމާނީ ފެންވަރުގައި މުއާސަލާތީ ހިދުމަތް ދިނުމެވެ.