Last Updated: July 9, 13:58
Thursday, July 9, 2026
ކުޅިވަރު

އެމްބާޕޭގެ ދެ ގޯލުން ރެއާލް މޮޅުވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ރެއާލް އޮވިއޭޑޯގެ މައްޗަށް 3-0 އިން ރެއާލް މެޑްރިޑުން ކުރި ހޯދައިފި އެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ރެއާލުން ވަނީ އަމިއްލަ ދަނޑުގައި އޮސަސޫނާގެ މައްޗަށް 1-0 އިން ކުރި ހޯދައިފަ އެވެ.

ރެއާލް އޮވިއޭޑޯގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 37 ވަނަ މިނެޓްގައި ރެއާލަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. މިއީ އަރްދާ ގުލާ ދިން ޕާހަކުން އޮވިއޭޑޯގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. އަދި ވިނިޝަސް ޖޫނިއާ ދިން ޕާހަކުން މެޗުގެ 83 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ.

ރެއާލްގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބްރަހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ވިނިޝަސް އެވެ.

ސްޕެނިޝް ލީގުގައި ރެއާލުން ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި މަޔޯކާއާ އެވެ.