ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރި ޒުވާން ކެޔޮޅަކަށް މަރަދޫ، އަސްރުމާގެ ހަސަން ވަޖުދީ ހޮވައިފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިޝަރަފްވެރި އެވޯޑް ހަސަން ވަޖުދީ އާއި ހަވާލްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ.
ޒުވާން މަސްވެރިއާގެ އެވޯޑް ވަޖްދީގެ އިތުރުން ގއ. ވިލިނގިލި ޕެރިސްރޯސްމާގޭ އިބްރާހިމް އަޒީޒަށްވެސް ވަނީ ލިބިފައެވެ.
މީގެ އިތުރުން މިރަސްމިއްޔާތުގައި ދަނޑުވެރިކަމުގެ ދާއިރާއިން މި ޝަރަފު ހާސިލްކޮށްފައި ވަނީ ފ. ނިލަންދޫ ބީޗް ހައުސް އިބްރާހިމް މޫސާއެވެ. އަދި ވޭތުވެދިޔަ 50 އަހަރު ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވުނު އެންމެ ޚިދުމަތްތެރި ދަނޑުވެރިއާގެ ޝަރަފު ޏ. ފުވައްމުލަކު ރޯޒްވިލާ އަހުމަދު ދީދީ ވެސް ވަނީ ހާސިލްކޮށްފައެވެ.