Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ މިއަދު އަޅައިފި އެވެ.

އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައި ދެއްވީ ހޯޯމްލޭންޑް މިނިސްޓަރު އަލީ ޢަލީ އިޙްސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އެވެ.

މި މަޝްރޫއު ހަވާލުކޮށްފައި އޮތީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ.