މީޑިއާތައް ކޮންޓްރޯލްކުރާ ބިލަށް ވޯޓް ހޯދަން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ރިޝްވަތު ހުށަހަޅައި ވެސް ރިޝްވަތު ވެސް ހުށަހެޅުއްވި ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ބިލަށް ވޯޓް ދެއްވަން ޕީއެންސީގެ މެންބަރުންނަށް ވެސް ފަލާހު ބިރު ދައްކަވާފައިވާ ކަމަށް ބުނެ މީޑިއާއަކުން ގެނެސްދިން ޚަބަރެއްގެ ސުރުހީގެ ސްކްރީންޝޮޓަކާ އެކު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އައްބާސް މިއަދު ވިދާޅުވީ އެއީ ހަމަ ހަގީގަތުގައި ވެސް މީ ވަރަށް ބޮޑު ތެދެއް ކަމަށެވެ.
އޭނަ ވިދާޅުވީ ބައެއް ބިލްތަކަށް ބަހުސް ނުކުރަން ވިދާޅުވެފައު ވެސް އެބަހުރި އަދި ބައެއް ބިލުތަކަށް ވަކި ގޮތަކަށް ވޯޓު ލާން ބުނެ އާދޭސްކޮށްފައި ވެސް އެބަހުރި ކަމަށެވެ.
"ހަމަ އެހެންމެ ފަލާހް އެދޭ ގޮތަށް ވޯޓު ބަހުސްކޮށް ވޯޓު ލާފިއްޔާ އަޅުގަނޑު އެދޭ ގޮތަށް ދާއިރާގެ ކޮންމެ ރަށަކުން ފަސް މީހަކަށް ވަޒީފާ ދޭން ވެސް ހުށައެޅި، ހަމަ އެހެންމެ ވަކި ގޮތަކަށް ވޯޓު ލާން ބުނެފައި ބުރަދާ އަށް ދޭން ލާރިކޮޅެއް ހުންނާނެ ކަމަށް ބުނެފައި ގެއަށް ގޮސް ލާރި ހިފައިގެން އަންނަންދެން މަޖުލީސް ކުޑަދަށުގައި އަޅުގަނޑު މަޑުކޮށްލަން ބުނެފައި ފަލާހް ގެއައް ދިޔަ،" އައްބާސް ވިދާޅުވި އެވެ. "އެހެން ބުނެފައި ފަލާހް ދިޔާމައި ފަލާހް އަންނަދެން އަޅުގަނޑު މަޑުނުކޮށް ގެއައް އައީ. މީގެ އިތުރުން މިވެނި ބިލަކަށް ސަރުކާރާ ދެކޮޅަށް ވޯޓު ނުލަންޔާ ވޯޓުގައި ބައިވެރި ނުވުމައް އެކި ދުވަސް މަތިން އެދިފައި އެބަހުރި. ސަރުކާރާ ދެކޮޅައް ވޯޓު ނުލާފިއްޔާ ވަރަށް ގޯސްވާނެ ކަމަށްބުނެ އަޅުގަނޑަށް ފަލާހް ބިރުދައްކާފަ އިވެސް އެބަހުރި."
އޭނަ ވިދާޅުވީ ފަލާހުހެ މިފަދަ އަމުތަކާ ޕީއެންސީ ގެ މެންބަރުންނާ މެދު ވެސް ފަލާހް ކަންތައް ކުރައްވާ ނިކަމެތި ގޮތުގެ ވާހަކަތަށް އެކި ފަހަރު މަތިން މެންބަރިން ހިއްސާކުރައްވާފައިވާ ކަމަށެވެ.
"ބައެއް މެންބަރުންނަށް ފަލާހް ގިނައިން ލާރި ދީފައި ބައެއް މެންބަރުންނަށް 5000 ނުވަތަ 10000 ރުފިޔާ ދެމުންދާ ވާހަކަ ވެސް ވަރަށް އަސަރާ އެކު ކިޔާދެމުން ދަނީ،" އައްވާސް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ޕީއެންސީގެ މަޖިލިސް ކެމްޕެއިންގެ ދަރަނިތަށް ނުނިމޭ ވާހަކަ އާއި މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައި ޕީއެންސީ ގެ މެންބަރުންގެ ދަރަނިތަށް ދައްކާ ދޭނޭ ކަމަށް ބުނެ ދަރަނީގެ އަދަދުތައް ނޯޓުކޮށް އޭގެ ފަހުން އެކަމާ އަޅާ ނުލާތީ ގިނަ މެންބަރުންތަކެއް ހިތްހަމަނުޖެހިގެން އެ ވާހަކަ ވެސް ދައްކަވާފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
"އަދި ރައީސް އާ ވަކިން ބައްދަލު ކުރުމަށް އެކި އެކި މެންބަރުން އެދުނީމައި ފުރުސަތު ނުދެއްވާ މަސް ދެ މަސް ވާ ވާހަކަ އާއި މަޖުލީސް އިން ބިލެއް ރައީސް ބޭނުންވާގޮތަށް ފާސްކޮށްލަންވީމައި ވަގުތުން ފަލާހް މެދުވެރިކޮށް މުޅި ޕީއެންސީގެ ޕީޖީ ގްރޫޕް އާ މުލިއާގޭގައި ބައްދަލު ކުރައްވާފައި ރައީސް ބޭނުންވާ އެއްޗެއް ވިދާޅުވެފައި ނިންމާލަނީ ކަމަށް ވެސް ގިނަ މެންބަރުން އަޅުގަނޑާ އެކި ފަހަރު މަތިން ހިއްސާ ކުރައްވާފައިވަނީ،" އޭނަ ވިދާޅުވި އެވެ. ".މީގެ އިތުރުން ވެސް ޕީއެންސީ ގެ މެންބަރުންގެ ވަރަށް ބައިވަރު ކަންބޮޑުވުންތަށް އަޅުގަނޑާ އެކި ފަހަރު މަތިން ހިއްސާ ކުރައްވާފައި ވަނީ."