Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އައްޑޫ ޔެލޯ އެލާޓްގައި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އައްޑު އަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 10:45 އާ ހަމައަށެވެ. އެގޮތުން އެ ވަގުތާ ހަމައަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މިއަދު ވަރަށް ހެނދުނުން ފެށިގެން އައްޑު އަށް ބޯކޮށް ވާރޭ ވެހިފައިވެ އެވެ. އަދި ވަރަށް ގަދައަށް ގުގުރާފައި ވެސް އެވެ.

މި މަހުގެ 20 ވެސް އައްޑު އަށް ބޯކޮށް ވާރޭ ވެހި، ބައެއް އަވަށްތަކުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، ބައެެއް ގެތަކަށް ފެން ވެސް ވަދެފައިވެ އެވެ.