ސަލްމާން ޚާން ކަލާސް ޓީވީ އަށް ހޯސްޓްކޮށް ދެމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 19 ވަނަ ސީޒަން ރޭ ޕްރީމިއާކޮށްފި އެވެ.
މި ފަހަރުގެ ސީޒަންގައި ވެސް މަޝްހޫރު ސެލެބްރިޓީންތަކެއް ވާދަކުރެ އެވެ. އެގޮތުން "ބިގް ބޮސް 19" ގައި ޖުމްލަ 16 ބައިވެރިން ވާދަކުރެ އެވެ. މީގެ ތެރޭގައި ޓީވީ އެކްޓަރުންނާއި މިއުޒިކީ ދާއިރާގެ ފަންނާނުން ވެސް ހިމެނެ އެވެ.
"ބިގް ބޮސް 19" ގައި ވާދަކުރާ ސެލެބްރިޓީންނަކީ ގޯރަވް ކަންނާ، އަޝްނޫރު ކޯރް، ބަސީރު އަލީ، އަބީޝެކް ބަޖާޖް، މިއުޒިޝަން އަރްމާން މާލިކް، 2018 ގެ މިސް ޑީވާ ޔުނިވާސް ނެހާލް ޗުދަސްމާ، ތާނިއާ މިއްޓަލް، ފަރުހާނާ ބަޓް، ނީލަމް ގިރީ، އަވޭޒް ދަރުބާރް، ނަގްމާ މިރަޖްކަރް، ޕްރަނީތު މޯރޭ، މިރުދުލް ތިވާރީ، ކުނިކާ ސަދަނަންދު، ޒީޝާން ގުއަދްރީގެ އިތުރުން ބޭރުގެ މޮޑެލްއެއް ކަމަށްވާ ނަޓާލިއާ ޖަނޯސްޒެކް އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިންމައިލި 'ބިގް ބޮސް 18' ކާމިޔާބުކުރީ މަޝްހޫރު ޓީވީ އެކްޓަރު ކަރަންވީރު މެހެރާ އެވެ.
"ބިގް ބޮސް" އަކީ 2004 އިން ފެށިގެން ގެނެސްދެމުން އަންނަ ޝޯއެކެވެ.