Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ހަނިމާދޫ ހޮސްޕިޓަލް އިމާރާތް ކުރަން ފަށައިފި

ހދ. ހަނިމާދޫގައި އިމާރާތް ކުރަން ނިންމާފައިވާ 30 އެނދުގެ އައު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ރަސްމީކޮށް ފެށި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން ހަނިމާދު އާ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އަރިހުގައި އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމާއި ހަނިމާދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

ރައީސް ވިދާޅުވީ ހަނިމާދޫގެ 30 އެނދުގެ ހޮސްޕިޓަލު ނިމޭއިރު، ރަށުގެ ސިއްޙީ ދާއިރާގެ ޚިދުމަތް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.