ހދ. ހަނިމާދު އާއި ނާވައިދޫގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއޭމް ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.
ދެ ރަށުގެ ވެސް އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ވެސް ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހަނިމާދުގައި ބެހެއްޓީ ސެލްފް-ސާވިސް އޭޓީއެމުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މި އަހަރު ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ގާމުކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށެވެ.