ބޮލީވުޑުން ފުރުސަތެއް ލިބިފައިވާ ކަމަށް ރާއްޖޭގެ ޒުވާން ފިލްމީ ބަތަލާ، މަރިޔަމް ޝިފާ ބުނެފި އެވެ.
އޭނަ ފޭސްބުކް ޕޯސްޓެއްގައި މިއަދު ބުނީ "ބޮލީވުޑުން އޮފާއެއް އައިސްފައިވާ" ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު އެއްވެސް ވާހަކައެއް ހިއްސާއެއް ނުކުރެ އެވެ. އަދި އެ ޕޯސްޓްކުރިތާ އިރުކޮޅެއް ފަހުން ޕޯސްޓް ވަނީ ޑިލީޓްކޮށްފަ އެވެ.

ޝިފާ އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް 2018 ގައި ގެނެސްދިން ފިލްމު "ދެވަންސޫރަ" އިން ތައާރަފުވި ބަތަލާއެކެވެ. އޭގެ ފަހުން މިހާތަނަށް ޅ. ނައިފަރަށް އުފަން 25 އަހަރުގެ ބައެއް ފިލްމުތަކާއި ވަރަށް ގިނަ ސީރީޒްތައް ވެސް ކުޅެފައިވެ އެވެ.
ޝިފާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "ފޯޓީ ޕްލަސް"، "ހެހެސް" އަދި "ގެއްލުނު ރޭ" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މީޑިއާނެޓްގެ ވީޑިއޯކުލަބުން މި އަހަރުގެ ކުރީކޮޅު ގެނެސްދިން 10 އެޕިސޯޑްގެ ސީރީޒް "އިމްތިހާނުންނެވެ.
View this post on Instagram
ކުރިން ކައިވެންޏެއް ވެސް ކޮށް ދަރިޔަކު ވެސް ހުރި ޝިފާ އަކީ ރާއްޖޭގެ މަޝްހޫރު ޑާންސް ގްރޫޕެއް ކަމަށްވާ 'ހިޔަލަ' ގެ ވެސް މެންބަރެކެވެ.