Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ލާމުން ފެށިގެން އައްޑު އަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ މެންދުރު 12:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މިއަދު ހެނދުނު 7:45 އިން 10:45 އަށް އައްޑު އަށް ޔެލޯ އެލާޓް ވެސް ނެރުނެވެ.