ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ބަލިވެއިންކަން އިއުލާންކޮށްފި އެވެ.
އިންސްޓަގްރާމް ޕޯސްޓެއްގައި އޭނަ މިކަން މިއަދު ހިއްސާކޮށް ބުނީ ދަރިޔަކު ލިބެން އުޅޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ.
ޕަރިނީތީ ކައިވެނިކުރީ 2023 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭނަގެ ފިރިމީހާ ރާގަވް ޗައްޑާ އަކީ އިންޑިއާގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހެކެވެ.
ޕަރިނީތީ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ބަތަލާއެކެވެ.
މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ޕަރިނީތީ، 36، ގެ އެކްޓިން ދަތުރުގެ ފެށުމަކީ 2011 ގެ ފިލްމު "ލޭޑީސް ވާސަސް ރިކީ ބާލް" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "އަމަރު ސިންގް ޗަމްކީލާ" އެވެ.
ޕަރިނީތީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ހިޗްކީ" ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ ނެޓްފްލިކްސް އަށް ގެނެސްދޭން ހަމަޖެހިފައިވާ ވެބް ސީރީޒެއް ހިމެނެ އެވެ.