Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވަނީ

މިހާރު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު ޖަލްސާތަކެއް މި ހަފުތާގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

އެނގިފައިވާގޮތުގައި އަންނަ ބުދަ އާއި ބުރާސްފަތި ދުވަހު ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަން ކުރާ، ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ހުށަހަޅާފަ އެވެ.

ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވަން މި އުޅެނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް މީޑިއާ ގެނައުމަށް ހާއްސަ ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެ އެވެ.

އެ ބިލް ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި އެކަމަކު ޕީއެންސީއާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.