Last Updated: July 9, 11:33
Thursday, July 9, 2026
ޚަބަރު

މިދިޔަ އަހަރު ބިދޭސީން 143 މިލިއަން ޑޮލަރު ބޭރުކުރި

މިދިޔަ އަހަރު، ރެމިޓެންސްގެ ގޮތުގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެއިން 143 މިލިއަން ޑޮލަރު ބޭރުކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ 2024 ވަނަ އަހަރުގެ ޕޭމަންޓް ބްލެޓިން ރިޕޯޓްގައި ބުނެފައިވަނީ، ބިދޭސީން މިދިޔަ އަހަރު ރާއްޖެއިން 143 މިލިއަން ޑޮލަރު ބޭރުކޮށްފައިވާ ކަމަށާއި މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު، 59 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ބޭރުކޮށްފައިވަނީ ބަންގްލަދޭޝް އަށެވެ. ބަންގްލަދޭޝްއަށް ފޮނުވި ބޭރުފައިސާގެ އަދަދު 112 މިލިއަން ޑޮލަރަށް އަރާއިރު، އެއީ އެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި އަދަދުގެ 72 އިންސައްތަ އެވެ.

ބަންގްލަދޭޝްގެ އިތުރުން ދެން އެންމެ ގިނައިން ފައިސާ ބޭރުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ނޭޕާލް. މިސްރު، ފިލިޕީންސް، އަދި އިންޑިއާ އެވެ.

ބިދޭސީންގެ އިތުރުން ދިވެހިން ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ އަދަދު ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.