ހދ. ނެއްލައިދޫގައި އިމާރާތް ކުރަން ނިންމި އާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނެއްލައިދު އަށް ވަޑައިގެންނެވެ.
ނެއްލައިދޫގައި އިމާރާތް 500 މީހުންގެ ޖާގައިގެ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ފެނަކައާ ހަވާލުކޮށްގެން އިމާރާތްކުރާ މި މިސްކިތުގައި ސޯލާކޮށް އޭސީ ވެސް ކުރާނެ އެވެ. ސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމު ވެސް ހުންނާނެ އެވެ.