Last Updated: July 9, 10:42
Thursday, July 9, 2026
ޚަބަރު

ބީއެމްއެލްގެ އޭޓީއެމް ހދ. ގެ އިތުރު ހަތަރު ރަށަކަށް

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން ހދ. އަތޮޅުގެ އިތުރު ހަތަރު ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި އެވެ.

އެގޮތުން ހަނިމާދޫ، ނައިވާދޫ، ނެއްލައިދޫ އަދި ނޮޅިވަރަމުގައި ބީއެމްއެލްގެ ޚިދުމަތް ވަނީ ގާއިމުކޮށްފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ކަސްޓަމަރުން ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ފަސޭހައިން ޚިދުމަތް ލިބޭނެ ވަސީލަތްތައް ގާއިމުކުރަމުން ދިޔުމަކީ ހަމައެކަނި ބޭންކަށް ލިބޭ ފަޚުރެއް ނޫން ކަމަށާއި މިއީ މި މުޖުތަމަޢުތަކަށް ވެސް ލިބޭ އުފަލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 150 ސެލްފް ސާވިސް ބޭންކިން ސެންޓަރ، 208 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.