Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މަރުވެފައި އޮއްވައި ފެނުނީ ގެއްލުނު ބިދޭސީއެއް

ހުޅުމާލެ އިން މަރުވެފައި އޮޮއްވައި ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފި އެވެ.

އެ މީހާގެ ހަށިގަނޑު އިއްޔެ ހަވީރު ފެބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުހަށް އޮންނަ ވޯޓާ ތީމް ޕާކު ސަރަހައްދުންނެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާ ފެނުނު އިރު އޮތީ ކުނިވެފައިވާ ކަމަށާއި އެއީ ކާކުކަން މިހާތަނަށް އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. އެކަމަކު ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެއީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީއެއް ކަމަށް ބެލެވިދާނެ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ، ކޮން ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއީ ނޭޕާލް މީހެކެވެ.