Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އެޗްޑީސީގެ އަންހެން މުވައްޒަފަކު ސަސްޕެންޑްކޮށްފި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިންތަކެއް ދޫކުރި މައްސަލެެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަންހެން މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

އެނގިފައިވާގޮތުގައ ހުޅުމާލެ އާއި ތިލަފުށިން ބިންތަކެއް ދޫކުރި މައްސަލާގައި ސަސްޕެންޑްކުރީ އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސްގެ މަގާމުގައި ހުންނެވި ފާތިމަތު ގުރައިޝާ މުހައްމަދެވެ.

އޭނަ ސަސްޕެންޑްކޮށް މައްސަލަ އަންނަނީ އިތުރަށް ބަލަމުންނެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވެސް ސަރުކާރަށް ނިސްބަތްވާ ބައެއް މީހުންނަށް ބިންތަކެއް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވެ، ސަސްޕެންޑް ކުރުމުން އިސްތިއުފާ ދެއްވާފައިވެ އެވެ.

އޭނަ ބިންތައް ދޫކުރި ކަމަށް ބުނާ މީހުންގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެ އެވެ.