ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަންކޮށްފި އެވެ.
ކުރިން ޕްލޭނިން މިނިސްޓަރުކަން ވެސް ކުރެއްވި ހަމްދޫނަކީ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި އަބްދުﷲ ޔާމީންގެ އާއިލީ ބޭފުޅެކެވެ. ހަމްދޫނަކީ މައުމޫންގެ ބޭބޭފުޅު އަދި ކުރީގެ އެޓޯލްސް މިނިސްޓަރު މަރުހޫމް އަބްދުﷲ ހަމީދުހެ ދަރިކަލެކެވެ.
ހަމްދޫން ކުރިން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އެވެ. އޭނަ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ސިންގަޕޫރަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުކަން ވެސް ހިމެނެ އެވެ.
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން އައްޔަންކުރި އިރު، މިހާރުގެ ފިނޭންސް މިނިސްޓަރަކީ މޫސާ ޒަމީރެވެ.