އެމެރިކާގެ ދިދަ އަންދާލައިފި ނަމަ އެކަން ކުރާ މީހުންނަށް އަހަރު ދުވަހުގެ ޖަލު އަދަބެއް އިއްވޭ ގޮތަށް ގަރާރެއް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވައިފި އެވެ.
އިއްޔެ ނެރުނު ގަރާރުގައި ބުނީ އެއްވުންތަކުގައި ގައުމީ ދިދަ އެންދުމަކީ ކުޑަ ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި އެކަން ކުރާ މީހުން ދެން ގައުމުގެ ދިދަ އަންދައިލުމާ މެދު ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވާނެ ކަމަށެވެ. އަދި ގައުމީ ދިދަ އަށް އިހުތިރާމުކޮށް، އެ ރައްކާތެރި ކަމަކީ ގައުމުގެ މަސްލަހަތާ ވެސް ގުޅިފައި އޮތް ކަމެއް ކަމަށާއި ގައުމިއްޔަތަށް ލޯބިކުރާ ނަމަ ގައުމީ ދިދައިގެ ހިމާޔަތުއި އެމެރިކާ ރައްޔިތުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.
BREAKING: President Trump signs executive order to mandate one full year in jail for protesters who burn American flags
TRUMP: “The people in this country don’t want to see our American flag burned and spit on … They’re bad people that are trying to destroy our nation…” pic.twitter.com/Qo1Ib712F0
— Fox News (@FoxNews) August 25, 2025
އެމެރިކާގެ ގައުމީ ދިދަ އަންދާ މީހުންނަށް އަހަރު ދުވަހުގެ ޖަލު އަދަބެއް ދެވޭނެ ކަމަށް ކަނޑައަޅައި، ޓްރަމްޕް ގަރާރެއް ނެރުއްވި އިރު، އެމެރިކާގެ ގާނޫނުއަސާސީން ވެސް އެއީ މަނާ ކަމެކެވެ.
ޓްރަމްޕް ނެރުއްވި ގަރާރުގައިވާ ގޮތުން ގައުމީ ދިދަ އަންދާ މީހުންގެ މައްޗަށް ޕްރޮސެކިއުޓަރުންނަށް ޖިނާއީ ދައުވާކޮށް، އެ ފަދަ މީހުންނަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމއް ތަންފީޒު ކުރަން ޖެހޭނެ އެވެ.