ހދ. ނޮޅިވަރަމްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ބްރާންޗެއް ހުޅުވައި، އޭޓީއެމްގެ ހިދުމަތް ވެސް މިއަދު ދޭން ފަށައިފި އެވެ.
ބްރާންޗް ހުޅުއްވައި ދެއްވުމާއި އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ނޮޅިވަރަންފަރުގައި ބެހެއްޓީ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބޭނެ އެވެ.
އެ ރަށުގައި މިއަދު ހުޅުވީ ބީއެމްއެލްގެ ބްރާންޗު މެދުވެރިކޮށް ބޭންކިންގ ހުރިހާ ޚިދުމަތެއްވެސް ލިބޭނެ އެވެ.