ހދ. މަކުނުދޫގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓަކީ ވަރަށް އިސްކަންދޭ މަޝްރޫއެއް ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ނިންމައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަކުނުދޫ ރައްޔިތުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ އެ ރަށުގެ ތަރައްގީ އަށް އެންމެ މުހިންމީ އެއާޕޯޓް ކަމަށެވެ. ރައީސް ވިދާޅުވީ ދުރުރާސް ތާއަށް ދެމެހެއްޓެނިވި ތަރައްގީ އަށް އެއާޕޯޓެއް ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ ދަތުރުފަތުރާ އެކު އިގުތިޞާދީ ގޮތުން ކުރިއެރުންތަކެއް އައިސް މަތީ ހަރުފަތަކަށް ރަށުގެ ހާލަތު ގެންދެވޭނެ ކަމަށެވެ.
މަކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކުރީ އެމްޓީސީސީއާ އެވެ. މިނިސްޓްރީގެ ފަރާތުން އެެއްބަސްވުމުގައި މިއަދި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަަައެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މަކުނުދޫގެ ބިން ހިއްކާ އިރު އެއާޕޯޓަށް ބޭނުންވާ ބިމުގެ އިތުރުން ރަށުގެ ބޭނުމަށް ވެސް 22 ހެކްޓަރު ހިއްކާނެ އެވެ.
މަކުނުދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓް އޮޕަރޭޓް ކުރާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.