Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މަކުނުދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި

ހދ. މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

އެ ޚިދުމަތްތައް ފަށްޓަވައި ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ރަށު ރައްޔިތުންނާ އެކު މިއަދު ބޭއްވި ޚާއްސަ ޖަލްސާގަ އެވެ.

އެ ޖަލްސާގެ ތެރޭގައި ޕާސްޕޯޓްގެ ހިދުމަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ.

މި ޚިދުމަތް މަކުނުދޫގައި ފެށުމާއެކު، މިހާރު ހދ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އެވެ. އެއީ ކުޅުދުއްފުއްޓާއި މަކުނުދޫންނެވެ.

މުޅި ރާއްޖެ އަށް ޕާސްޕޯޓްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 14 އަތޮޅެއްގައި އެ ޚިދުމަތް ފަށާފައިވެ އެވެ.