ފުލުހަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް, މިއަދު ހެނދުނު މަރުވީ ސާޖަންޓް މުޙައްމަދު އަރުޝަދު, 37, އެވެ. އޭނާ މަރުވީ ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ތަނާ ކުއްލި ގޮތަކަށެވެ.
އަރުޝަދަކީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފުލުހެކެވެ.
އޭނަގެ ކުއްލި މަރާ ގުޅިގެން ފުލުހުން އާންމުކުރި ތައުޒިޔާގެ މެސެޖެއްގައި ހުރިހާ ފުލުހުންގެ ފަރާތުން އާއިލާ އަށް ތައުޒިޔާ ކިޔާފައިވެ އެވެ.