Last Updated: July 9, 10:00
Thursday, July 9, 2026
ޚަބަރު

ޑރ.ޕެޕާ އެތެރެކޮށް ވިއްކުން މަނާކޮށްފި

އެމެރިކާގައި އުފައްދާފައިވާ މަޝްހޫރު ބުއިމެއް ކަމަށްވާ ޑރ.ޕެޕާ ބޭނުން ނުކުރުމަށް އަންގައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "ޑރ ޕެޕާ" ގައި ހުންނަން ޖެހޭ މިންވަރަށް ވުރެ ބެންޒޮއިކް އެސިޑް އިތުރުވުމުގެ ސަބަބުން މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އަންގާފައިވާ ކަމަށެވެ.

މި އުފެއްދުން ރާއްޖޭއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.

އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގައިފަ އެވެ.