Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޯސްތަކެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން އެކި ދާއިރާތަކުން ކޯސްތަކަކަށް ހުޅުވާލައިފި އެވެ.

އޭގެ ތެރޭގައި އަތްތެރި މަސައްކަތް، ކުރެހުން، ކޭކް ކޯސް، ފެޝަން ޑިޒައިނިން، ގަހަނާ ހެދުން އަދި ފޮޓޯ ނެގުމުގެ ދާއިރާ ހިމެނޭ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުންޏެވެ.

މި ކޯސްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކޯސްތަކާ ބެހޭ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން 1433 އާއި ވައިބާ ނަންބަރު 7206558 އަށް ގުޅައިގެން ވެސް ހޯދޭނެ އެވެ.